ގއ. ވިލިނގިލި އިތުރު ކުއްޖެއްގެ ގައިން ޕާޓޫސިސް ކޭސްއެއް ނުވަތަ ހޯއްގޮވާ ކެއްސުމުގެ ބަލި ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން އިއްޔެ ބުނީ ވިލިނގިލިން އިތުރު ޕާޓޫސިސް ކޭސްއެއް ފެނިފައިވާ ކަމަށާއި އެ ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާއި ގުޅުން ހުރި ކޭސް އެއް ކަމަކަށް ބެލި ބެލިމުން އަދި އެނގިފައި ނުވާ ކަމަށެވެ. މިއާއެކު އެރަށުން އެ ބައްޔަށް ޖުމްލަ ހަތަރު ކުއްޖަކު ވަނީ ޕޮޒިޓިވްވެފައެވެ.
ހޯއްގޮވާ ކެއްސުން ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލީގައި އެންމެ ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. މީގެ އިތުރުން ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސައި، އަދި އެ ކެއްސުން ގިނަ ދުވަހަށް ދިގުލައިގެން ދާނެއެވެ.
ތުއްތު ކުދިންނަށް މީގެ އިތުރުންވެސް ބައެއް އަލާމާތްތައް ފެނިދާނެއެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ ބޮޑު މީހަކަށް މި ބަލި ޖެހިއްޖެނަމަ، ބަލީގައި މާބޮޑު އަލާމާތްތައް ނުފެނިދާނެ އެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި