ބަންޑާރަ ނާއިބުގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ އަހްމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ދޭން ނުފެންނަ ކަމަށް ނިންމައިފިއެވެ.
މިއަދު މަޖިލީހުގައި އަންނަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަމުންނެވެ. މި ޖަލްސާގައި މަޖިލީހުން އަންނަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަމުންނެވެ. މި މައްސަލަ އަށް މިހާރު ވޯޓަށް އަހަމުން އަންނައިރު ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.
އިސްލާމިކް މިނިސްޓަރު ޝަހީމަށް ލިބިވަޑައިގަތީ 30 ވޯޓެވެ. އޭނާ އަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރަކު ވޯޓު ދެއްވިއެވެ. މީގެއިތުރުން ބަންޑާރަ ނާއިބަށް ލިބިވަޑައިގަތީ 24 ވޯޓެވެ.
މި ދެ ބޭފުޅުންނަކީ ވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް އިން ރުހުން ދޭން ނުފެންނަ ކަމަށް ނިންމާފައިވާ ދެ ބޭފުޅުންނެވެ.
މި ދެ ބޭފުޅުންގެ އިތުރުން ވެސް ބައެއް އެހެން ވަޒީރުންނަށް ރުހުން ނުދޭން ނިންމިއެވެ. ނަމަވެސް އޭގެތެރެއިން ބައެއް ވަޒީރުންނަށް ރުހުން ދޭން އެންމެ ފަހުން ވަނީ ފާސްކޮށްފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަކީ ރުހުން ދޭން ނުފެންނަ ކަމަށް އެމްޑީޕީން ނިންމި ވަޒީރެކެވެ. އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރަކީ ވެސް ރުހުން ދޭން ނުފެންނަ ކަމަށް ޑިމޮކްރެޓްސް އިން ނިންމި ވަޒީރެކެވެ.
ނަމަވެސް އެ ދެ ބޭފުޅުންނަށް ރުހުން ދޭން ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ