ރައްޔިތުން މަޖިލީހުން މިއަދު ރުހުން ނުދިން ތިން ވަޒީރުން އަނެއްކާވެސް އެ މަގާމުތަކަށް މިއަދު އައްޔަން ކުރައްވައިފިއެވެ.
މިއަދު މަޖިލީހުގައި އަންނަނީ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަމުންނެވެ. މި ޖަލްސާގައި މަޖިލީހުން އަންނަނީ ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދަމުންނެވެ. މި މައްސަލަ އަށް މިހާރު ވޯޓަށް އަހަމުން އަންނައިރު ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ.
ރުހުން ނުލިބުނު ވަޒީރުން:
ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
މި ތިން ބޭފުޅުން ވެސް އަލުން އެ މަގާމުތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އައްޔަން ކުރައްވައިފައެވެ.
އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހުސްނުސުއޫދެވެ.
މި ބޭފުޅުންނަށް އަލުން ރުހުން ހޯދަން މަޖިލީހަށް ސަރުކާރުން އަނެއްކާވެސް ފޮނުވަން ޖެހޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ