މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އުފެއްދި ޓޮބްލެރޯން މިލްކު [ޓޮބްލެރޯން ވައިޓް] ޗޮކްލެޓުގައި ޕްލާސްޓިކް ހުރި ކަމުގެ މައުލޫމާތު ލިބިފައި ވާތީ އެ ޗޮކްލެޓު ބޭނުން ކުރުމުގައި ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގު އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
އެމްއެފްޑީއޭ އިން އިއްޔެ ބުނީ ޕްލާސްޓިކުން ތަޣައްޔަރުވެފައިވާ ސްވިޒްލޭންޑުގެ ޓޮބްލެރޯން ބްރޭންޑުގެ މިލްކް ޗޮކްލެޓު ރާއްޖެ އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑާއި އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް އެ އޮތޯރިޓީ އަށް އަންގާފައިވާ ކަމަށެވެ.
އެ މައްސަލަ ދިމާވީ ޗޮކްލެޓު އުފައްދާ މެޝިނަށް ދިމާވި މައްސަލައަކާއި ގުޅިގެން ކަމަށް އެމްއެފްޑީއޭ އިން މައުލޫމާތުދެއެވެ. އެހެންކަމުން އެ ޗޮކްލެޓުގެ ސަބަބުން ކަރުގައި ޕްލާސްޓިކް ކޮތަޅެއް ތާށިވެ ނުވަތަ ދަތަށް ގެއްލުމެއް ލިބުން ފަދަ ކަމެއް މެދުވެރިވުމުގެ ފުރުސަތު އޮތް ކަމަށް އެމްއެފްޑީއޭ އިން ބުންޏެވެ.
އެ ޗޮކްލެޓަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު އުފައްދާފައިވާ އަދި މިއަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހަށް މުއްދަތު ހަމަވާ ޗޮކްލެޓެކެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި