ރާއްޖެ އާއި ލަންކާއާ ދެމެދު އަންނަ ބުރާސްފަތި ދުވަހު އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ނިންމައިފިއެވެ.
ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިހާރު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ލަންކާގައެވެ. އެމަނިކުފާނު މިއަދު ވަނީ އެގައުމުގެ ޕޯޓްސް ޝިޕިން އަދި އޭވިއޭޝަން މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރައްވައިފައެވެ.
އެކްސްގައި އަމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރު ނިމާލް ސިރިޕަލާ ދި ސިލްވާއާ ބައްދަލުކުރެއްވުމުން އުފާ ކުރައްވާ ކަމަށާއި އެ ބައްދަލުވުމަކީ ކާމިޔާބު އަދި މުހިއްމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށެވެ.
މިނިސްޓަރު އަމީންއާ ހަވާލާދީ ސިރިޕަލާ ކުރެއްވި ޕޯސްޓެއްގައި އެކިއެކި ހާދިސާތަކާއި ގުޅިގެން އަނިޔާވާ މީހުން ކުއްލި ފަރުވާއަށް އެގައުމަށް ގެންދިއުމާއި ގުޅޭ މަޝްވަރާތަކެއް އެ ބައްދަލުވުމުގައި ކުރެވުނު ކަމަށެވެ. އަދި ވިދާޅުވީ ލަންކާގެ ކުއްލި ފަރުވާގެ ހިދުމަތްތައް ރަނގަޅުވުމުން ބަލި މީޙުން ލަންކާ ހޮސްޕިޓަލުތަކަށް ފޮނުވަން ދިވެހި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެއާ އެންބިއުލޭންސްގެ ހިދުމަތް މާލެ އާއި ކަޓުނެޔޭކް އެއާޕޯޓާ ދެމެދު އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މީގެކުރިން ވަނީ އެ މަސައްކަތް ފަށާނެކަން އިއުލާން ކޮށްފައެވެ. އެ މަސައްކަތް ފަށަނީ ކޮން ގައުމަކާއި އެކުކަން ހާމަނުކުރި ނަމަވެސް ސަރުކާރުން ބުނީ އެ ހިދުމަތް ފަށާނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް އަށެއްގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލުކޮށްގެން ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ