ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށާއި އެގޮތުން މިއަންނަ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ސިފައިން ބާލަން އެގައުމުން މިހާރު އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާ ސިފައިން ގާއިމްވެ ތިބިއިރު އޭގެތެރެއިން އެއް ބަޔަކު އަންނަ މަހުގެ 10ވަނަ ދުވަހުގެ ކުރިން ބާލާނެ ކަމަށެވެ.
އަދި ބުނީ ބާކީ ތިބި އެހެން ސަރަހައްދުތަކުގައި ތިބި ސިފައިން އަންނަ މެއި މަހުގެ 10ވަނަ ދުވަހުގެ ކުރިން ބާލަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ.
ނަމަވެސް އިންޑިއާގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ހިމަނާފައެއް ނެތެވެ.
އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ މުހިއްމު އެއް ރިޔާސީ ވައުދެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަސައްކަތް ވަނީ ފަށައިފައެވެ.
އަދި ދުބާއީގައި ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ވަނީ އެކަމުގެ މަޝްވަރާތައް ކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ