ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ ތެރޭގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސް ދޯނިތަކަކަށް އިންޑިއާ އަސްކަރިއްޔާގެ ކަނޑުގެ ސިފައިން އަރާ ހިންގި އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެދިފައި ވާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ހއ. ދިއްދޫ އިރުއުތުރުން 72 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ އދ. މަހިބަދޫ "އަސުރުމާ 3" ނަމަކަށް ކިޔާ ދޯންޏަކަށް ބޭރުގެ އަސްކަރިއްޔާ އިން އެރި ކަމުގެ ރިޕޯޓު ލިބުމުން ދިވެހި ސިފައިންގެ ކޯސްޓުގާޑު ޝަހީދު އަލީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމުރުފުޅަށް ދަތުރު ފެށި ކަމަށެވެ.
އެ ސަރަހައްދަށް ކޯސްޓު ގާޑު ދިއުމުން އިތުރު ދޯނިތަކަކަށް ވެސް ބޭރުގެ އަސްކަރިއްޔާ އެރި ކަމުގެ މައުލޫމާތު ލިބުނު ކަމަށް ޑިފެންސްގެ ބަޔާނުގައިވެއެވެ.
އަދި ބުނީ އިންޑިއާ އަސްކަރިއްޔާ އިން ދިވެހި މަސް ދޯނިތަކަށް އަރާފައި ވަނީ ރާއްޖޭގެ އެއްވެސް އިދާރާއަކަށް އެންގުމަކާއި ނުލާ ކަމަށާއި އެ މީހުން އަރާފައި ވަނީ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނުތަކާއި އުސޫލުތަކާއި ވެސް ހިލާފަށް ކަމަށެވެ.
ދިވެހި މަސް ދޯނިތަކަކަށް ބޭރުގެ ސިފައިން އެރި ކަމަށް ބުނާ މައްސަލަ ފެންމަތި ވެފައި ވަނިކޮށް އެ މަސް ދޯނިތަކަށް ބޭރުގެ ސިފައިން އަރާފައިވާ ވީޑިއޯ ވެސް މިއަދު ވަނީ އާއްމު ކޮށްފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ