މިއަހަރު ބާއްވަން ނިންމާފައިވާ ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރަން ފޯމު ހުށަހަޅާފައި ވަނީ ދެ ފަރާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރޭ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލިތާ އިއްޔެ އަށް ހަތަރު ދުވަސްވެފައިވާއިރު މިހާތަނަށް އީސީއަށް ލިބިފައި ވަނީ ގަމު ދާއިރާ އާއި، ނިލަންދޫ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުން ކަމަށެވެ.
"މި ދެ ހުށަހެޅުންވެސް ބަލައިގަނެ، އެ ދެފަރާތަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޖަވާބު އަރުވާފައި،" ހަބީބް ވިދާޅުވިއެވެ.
އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިމަހުގެ 14ވަނަ ދުވަހާ ހަމައަށެވެ. އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށާއި ހުކުރު ދުވަހު އެޕްލިކޭޝަން ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށް ހަބީބް ވިދާޅުވިއެވެ.
ފައިސާ ބަލައިގަންނާނީ ހަމައެކަނި ޕީއޯއެސް މެޝިން ބޭނުންކޮށްގެން ކޭޝް ކާޑުން ކަމަށާއި ނަގުދު ފައިސާ ބަލައި ނުގަންނާނެ ކަމަށް ވެސް ހަބީބުގެ ޕޯސްޓުގައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މާޗު މަހުގެ 17ވަނަ ދުވަހުއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި