މި ހިނގާ 19ވަނަ ރައްޔިތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުން އެޕާޓީގެ މަޖިލިސް ޓިކެޓު ކާމިޔާބު ކުރައްވައިފިއެވެ.
މަޖިލީހުގެ 93 ދާއިރާގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވާފައި ވަނީ 40 ދާއިރާއެއްގައެވެ. އެ 40 ދާއިރާ އަށް 149 ކެންޑިޑޭޓުން ވާދަކުރެއެވެ. ބާކީ ހުރި 53 ދާއިރާގެ ތެރެއިން އޭދަފުއްޓާއި ނިލަންދޫ ދާއިރާ އަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލައެވެ.
ދެން އޮތް 51 ދާއިރާއަށް ދެ ކެންޑިޑޭޓުން ކުރިމަތިނުލާތީ ދާއިރާތަކުގެ ޓިކެޓު 53 ފަރާތަކަށް ވަނީ ކަށަވަރުވެފައެވެ.
މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ މެންބަރުން:
ވިލިނގިލީ ދާއިރާގެ މިހާރުގެ މެމްބަރު: ސައުދު ހުސައިން
ބިލެއްދޫ ދާއިރާގެ މިހާރުގެ މެންބަރު: އަހްމަދު ހަލީމް (ދޮންބިލެތް)
ވެލިދޫ ދާއިރާގެ މިހާރުގެ މެމްބަރު: މުހައްމަދު ޝަފީގު (މޯޑު)
ކާށިދޫ ދާއިރާގެ މިހާރުގެ މެންބަރު: ޖާބިރު
ހަނިމާދޫ ދާއިރާގެ މިހާރުގެ މެންބަރު: އަބްދުލްގަފޫރު މޫސާ (ގަޕޯ)
އަލިފުށީ ދާއިރާގެ މިހާރުގެ މެންބަރު: މުހައްމަދު ރަޝީދު (ބިގޭ)
ކިނބިދޫ ދާއިރާގެ މިހާރުގެ މެންބަރު: މުހައްމަދު ނާޝިޒު (ނާނު)
މަނަދޫ ދާއިރާގެ މިހާރުގެ މެމްބަރު: އަހުމަދު ހާރޫން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ