ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާއި ނާއިބު ރައީސް އަހްމަދު ސަލީމް (ސައްލެ)ގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުޙައްމަދު އަސްލަމް އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގެ ނޯޓިސް މިއަދު އެ ދެ ބޭފުޅުންނަށް ފޮނުވާފައިވާ ކަމަށެވެ.
އެ މައްސަލަ ހުށަހަޅާފައި ވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕާލިމަންޓްރީ ގްރޫޕުންނެވެ.
މި ދެ ބޭފުޅުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީގެ މަޖިލިސް މެންބަރުންނާއި އެމްޑީއޭގެ މަޖިލިސް މެންބަރުން ހިމެނޭހެން ޖުމްލަ 23 މެންބަރަކު ސޮއި ކުރައްވައެވެ.
އަސްލަމް އަދި ސަލީމްގެ އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅޭ ގަރާރުގައި ބުނެފައި ވަނީ އެ ދެބޭފުޅުން ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތި ކޮށްފައިވާ ޒިންމާތަކުން ހިލާފުވާ ގޮތަށް ތަކުރާރުކޮށް މަސައްކަތް ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ