މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޒުވާނުން ގޮފީގެ ނަތީޖާ އިއުލާނު ނުކޮށް ދިގުލައިގެން ގޮސް ދެ މަސް ދުވަސް ފާއިތުވުމުން، އެޕާޓީގެ ޒުވާނުންގެ އުދާސްތައް ބަންޑުން ކޮށްލައިފިއެވެ.
ޔަންގް ލީޑަރަކަށް ވާދަކުރެއްވި ޔޫސުފް ޝާހު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޔަންގް ޑެމްސްގެ އިންތިހާބު ބޭއްވުނުތާ އިއްޔެއާ ހަމައަށް ދެމަސް ދުވަސް ފުރިހަމަވެއްޖެ ކަމަށެވެ. އިންތިހާބަށް ވީނުވީ ނޭންގި ދެމަސް ދުވަސްވީއިރު ޔަންގް ޑެމްސް އަކީ ދެމީހެއްގެ މަސްލަހަތެއް ނޫން ކަމަށް ޝާހު ވިދާޅުވިއެވެ.
"ޝަކުވާ ކުރެވިއްޖެ, ކެތްކުރެވިއްޖެ. މި ޒުވާން ޕާޓީގެ ޒުވާނުންގެ ގުނަވަނަކީ ސެކަންޑް ކެޓެގަރީ ބޮޑީ އަކަށްވުމަކަށް ނޭދެން،" ޝާހު ވިދާޅުވިއެވެ.
ޝާހު މިއަދު ވެސް ވަނީ އެކަމުގެ ކަންބޮޑުވުން އެކްސްގައި ފާޅުކުރައްވާފައެވެ.
"ސިޔާސީ ޕާޓީއެއްގައި, ޒުވާނުން ބާރުވެރިކުރުމަކީ ކޮބައިކަން މާނަކޮށްދީ, ތަރުތީބުކޮށް ދޭން އިންނަ ގުނަވަނަކީ ޒުވާނުންގެ ބޮޑީ. އެ ޒުވާނުންނަށް އެކަން އޮޅިގެން ނުވާނެ. ޔަންގް ޑެމްސްއަކީ ޕާޓީ ރަޖިސްޓްރީ ކުރުމުގެވެސް މާކުރިން ހިނގައިގަތް ގުނަވަނެއް. މި ހުއްޓުމުން އަރައިގަންނަން ޖެހޭ،" ޝާހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
އެ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމުގެ ތުހުމަތުތަކެއް ކުރިއެވެ. ވަގުތީ ނަތީޖާ އައިއިރު ވޯޓުލުމުގެ ހައްގު ލިބުނު މީހުންނަށްވުރެ ގިނަ މީހުން ޒުވާނުންގެ ގޮފީގެ އިންތިހާބުގައި ވޯޓުލާފައިވެއެވެ.
އެހެންކަމުން އެ ޝަކުވާ އަށް ބެލުމަށްފަހު އެޕާޓީން މިދިޔަ ޑިސެމްބަރު މަހުގެ 9ވަނަ ދުވަހު ނިންމީ ޔަންގް ލީޑަރާއި ޑެޕިއުޓީ ޔަންގް ލީޑަރުގެ މަގާމުގެ ނަތީޖާ ބާތިލް ކުރުމަށެވެ. އަދި އެ ދެ މަގާމުގެ ވޯޓުލުން އަލުން ބާއްވަން ވެސް ނިންމިއެވެ. ނަމަވެސް އޭގެފަހުން އެ އިންތިހާބު ބާއްވާފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ