މިއަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެގޮތަށް ހަމަޖެއްސެވީ، ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި، ދީނީ ކަންކަމަށް އިސްކަންދިނުމަށް ފުރުސަތު ދެއްވުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރުމަކީ، މި ސަރުކާރުގެ ރިޔާސީ ވައުދަކަށް ވާތީ ކަމަށެވެ.
ރަމަޟާން މަހުގެ ފަހު 10އާ ގުޅިގެން ސަރުކާރު ބަންދުވާ ދުވަސްތަކުގައި، އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި އަންގާފައިވެއެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ވަނީ ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ އެކި ހިދުމަތްތައް ދެމުން ގެންދާ ސަރުކާރުގެ މުއައްސަސާތަކާއި އަދި ކުންފުނިތަކާ ބައްދަލުކޮށް، ރަމަޟާން މަހުގެ ފަހު 10ގެ ދުވަސްތަކުގައި ހިދުމަތްތައް ދިނުމުގައި ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ހަމަޖެއްސުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.
އަދި އެ މުއައްސަސާތަކުން އެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް، އެކި ވަސީލަތްތައް މެދުވެރިކޮށް، ރައްޔިތުންނަށް ވީހާވެސް ބޮޑަކަށް ސާފުކޮށް ދިނުމަށާއި، އެކަންކަމުގެ މައުލޫމާތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާ ކޮށްދިނުމަށް ވެސް އެ ބައްދަލުވުމުގައި ވަނީ އެ އޮފީހުން އެދިފައެވެ.
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ