ކެންސަރު ބައްޔަށް ފަރުވާ ހޯދުމަށް އިންޑިއާ އަށް ވަޑައިގެން، ފަރުވާގެ ފުރަތަމަ ފިޔަވަހި ނިންމާ އެގްރިކަލްޗަރަލް އެންޑް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ މިއަދު އޮފީހަށް ނިކުންނަވައިފިއެވެ.
މިނިސްޓަރު ރަމީލާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ އެނބުރި ގައުމާއި ލޯބިވާ މީހުންގެ ގާތަށް ވަޑައިގެންނެވުނީތީ އުފާ ކުރައްވާ ކަމަށެވެ. އަދި މާބޮޑު ސައިޑް އިފެކްޓެއް ނެތި ފަރުވާގެ ފުރަތަމަ ފިޔަވަހި ނިންމާލެވުނީތީ އުފާ ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މިނިސްޓަރު ރަމީލާ މިއަދު އޮފީހަށް ނިކުންނަވާފައިވާ ކަމަށެވެ. އަދި ބުނީ މިއަދު ކެބިނެޓު ބައްދަލުވުމުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މިނިސްޓަރު ރަމީލާ ރާއްޖެއިން ބޭރުގައި ހުންނެވިއިރު އެ ވުޒާރާގެ ކަންކަން ބައްލަވަމުން ގެންދެވީ ޑިފެންސް މިނިސްޓަރ ގައްސާން މައުމޫނެވެ.
މިނިސްޓަރު ރަމީލާ އަކީ މަޖިލީހުން ރުހުން ވެސް ލިބިވަޑައިގެންފައިވާ ވަޒީރެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ