ބިޒްނަސް ކޯޕަރޭޝަން ސެންޓަރު (ބީސީސީ) އިން ކުރިޔަށް ގެންދާ "ހިޔަލަ ވީކެންޑް މާކެޓު" ކޮންމެ ހަފްތާއެއްގެ ތިން ދުވަހު ކުރިޔަށް ގެންދަން ނިންމައިފިއެވެ.
ބީސީސީން މިއަދު ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ހަފްތާ14"ގެ މަގު ޗާޓުގައިވާ ގޮތަށް އަންހެނުން އުފައްދާ އުފެއްދުންތައް ވިއްކޭނެ މަގު ފަހި ކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމާއެކު އެ ކޯޕަރޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ހިޔަލަ މާކެޓު މިހާތަނަށް ބާއްވަމުން އައީ ކޮންމެ ހަފްތާ ބަންދެއްގައި ކަމަށެވެ.
އެހެން ނަމަވެސް އެ މާކެޓަށް ލިބެމުންދާ ތަރުހީބަށް ބަލައި ވީހާވެސް ގިނަ ވިޔަފާރިތަކަކަށް ފުރުސަތު ފަހިކުރުމުގެ ގޮތުން އެ މާކެޓުގައި ތަކެތި ވިއްކައި މާކެޓް ކުރުމުގެ ފުރުސަތުދޭ ވިޔަފާރިތަކުގެ އަދަދު އިތުރުކޮށް ކޮންމެ ހަފްތާއަކު ތިން ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް ބީސީސީން ބުންޏެވެ.
އެ ނިންމުމާއެކު އެ މާކެޓު ދެން ކުރިއަށް ދާނީ ކޮންމެ ހަފްތާއެއްގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު އެ ތިން ދުވަހުގެ ހަވީރު 16:00 އިން ރޭގަނޑު 23:00 އަށެވެ.
އަންހެން ވިޔަފާރިވެރިންނަށް ހާއްސަ ކޮށްގެން ބާއްވާ އެ ވީކެންޑް މަރކެޓް ކުރިއަށްދަނީ ހުޅުމާލޭ، ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ކޮންޓެއިނަރު ޕާކު ސަރަޙައްދުގައެވެ.
"ހިޔަލަ ވީކެންޑް މާކެޓު"ގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ވެއިޓް ލިސްޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެ މާކެޓުގައި ބައިވެރިވާން ބޭނުންވާ އަންހެން ވިޔަފާރިވެރިންނަށް ބީސީސީން ގެޒެޓްކޮށްފައިވާ އިއުލާނުގައިވާ ލިންކް https://forms.office.com/r/YqzkBC4LaJ މެދުވެރިކޮށް ވެއިޓްލިސްޓް ކުރެވޭނެއެވެ. ކޮންމެ ހަފްތާއަކުވެސް ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ވެއިޓްލިސްޓް ކުރާ ތަރުތީބުންނެވެ.
އެ މާކެޓުގައި ކާބޯތަކެއްޗާއި އެކިކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ދިވެހި އަންހެން ވިޔަފާރިވެރިންނަށް ލިބިގެންދާނެއެވެ. އެގޮތުން މި ހަފްތާއިން ފެށިގެން ކޮންމެ ހަފްތާއަކުވެސް 18އަށްވުރެ ގިނަ އަންހެން ވިޔަފާރިވެރިންނަށް އެ މާކެޓުގައި ތަކެތި ވިއްކައި މާކެޓް ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ