އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ތެރޭގައި ނުބާއްވާ ގޮތަށް އިންތިހާބުތަކާއި ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ބަލައިގެންފިއެވެ.
އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. މިއަދު މެންދުރުފަހުން ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު މަޖިލީހަށް ބަލައިގަތީ 39 މެންބަރުންގެ ވޯޓުންނެވެ. އިސްލާހު ބަލައިގަތުމާއި ދެކޮޅަށް 11 މެންބަރަކު ވޯޓު ދެއްވިއެވެ.
އެ އިސްލާހުގައި ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވަން ވަނީ ހުށަހަޅައިފައެވެ. އަދި އިންތިހާބެއް ބާއްވާ ތާރީހު ރޯދަމަހަށް ވަންނަ ކަމަށްވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަމަސް ނިމި އޭގެ 10 ދުވަހުން ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހުއެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހުން ބާއްވާން ނިންމީ އިދާރީ ގޮތުން ދަތިތަކާ ދިމާވާތީ އާއި އީދު ބަންދަށް ފަހު ފެށޭ ހަފުތާ އަކީ ސްކޫލުތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުގެ އިތުރަށް އާއި ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައި ވާތީ ކަމަށް އީސީން މީގެކުރިން ބުންޏެވެ.
ރައްޔިތުން މަޖިލީހުގެ އިންތިހާބު، މި އަހަރުގެ ރަމަޟާން މަހުގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެކުރިން ހުށަހަޅާފައެވެ.
ނަވާރަވަނަ ރައްޔިތުން މަޖިލީހުގެ ދައުރު ހަމަވަނީ އަންނަ އަހަރުގެ މެއި މަހުގެ 28ވަނަ ދުވަހަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ