ކާށިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ޖާބިރު އެޕާޓީން މިއަދު ވަކި ކުރައްވައިފިއެވެ.
އެމްޑީޕީއާ ޖާބިރު ގުޅިވަޑައިގަތީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރެއިންނެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އެ މައްސަލަ ބެލުމަށްފަހު އެ ކޮމެޓީން ނިންމީ އޭނާ ޕާޓީން ވަކި ކުރާށެވެ.
ޖާބިރަކީ ނިމިދިޔަ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓު ވެސް ހޯއްދަވާފައިވާ ބޭފުޅާއެވެ. އެހެންނަމަވެސް އެމްޑީޕީ ފިޔަވަޅު އަޅާ ކޮމެޓީން ނިންމީ ޖާބިރު އަތުން ޓިކެޓުވެސް އަތުލާށެވެ.
"ޖާބިރު، މި ޕާޓީގެ މެންބަރެއްގެގޮތުގައި އަދި ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ...." އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ ޖާބިރު އަލުން އެ ޕާޓީއާ ގުޅުމަށް އެދުނުކަމުގައިވީނަމަވެސް އެފުރުސަތު ލިބޭނީ އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅައި އެ މަޖިލީބުން ނިންމާ ގޮތެއްގެ މަތިން ކަމަށެވެ. އަދި އެ ޕާޓީއާ ގުޅުމުގެ ފުރުސަތު ދެވުނުކަމުގައިވީނަމަވެސް ޖާބިރު އެ ޕާޓީގެ މެންބަރަކަށްވާ ދުވަހުންފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަގާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ