މިދިޔަ ނޮވެމްބަރު މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ މިހާރު ވެރިކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު މިއަދު ފައްޓަވައިފިއެވެ.
އެގޮތުން ރައީސް މިއަދު ވަނީ ތ. އަތޮޅަށް ދަތުރު ފައްޓަވައިފައެވެ. ރައީސް ފުރަތަމަ ވަޑައިގަތީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުން އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެ އަތޮޅު ގުރައިދޫ އަށެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގުރައިދޫ ކައުންސިލާއި، އެރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.
ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި މަސައްކަތް ކުރައްވާނީ ރައްޔިތުންނާ ވީހާވެސް ގާތުން، ރައްޔިތުންގެ އަޑު އައްސަވައިގެން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެފައިވާ ކަމަށެވެ.
މި ދަތުރުފުޅު ކުރައްވާނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ