ރައްޔިތުން މަޖިލީހުން ރުހުން ނުދެއްވި ތިން ވަޒީރުން، އަލުން އެ މަގާމުތަކަށް އައްޔަން ކުރައްވާ އެބޭފުޅުންނަށް ރުހުން ހޯދަން އަނެއްކާވެސް ރައްޔިތުން މަޖިލީހަށް ފޮނުވައިފިއެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން ބޭއްވި ދައުރުން ބޭރު ޖަލްސާއެއްގައި ރައީސް މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ ކުރިޔަށް ގެންދިޔައެވެ. ވަޒީރުންނަށް ރުހުން ލިބެނީ މަދުވެގެން 31 ވޯޓު ލިބިގެންނެވެ. ނަމަވެސް ތިން ވަޒީރަކަށް ވޯޓު ލިބިވަޑައިގަތީ އެއަށްވުރެ މަދުންނެވެ.
ރުހުން ނުލިބުނު ވަޒީރުން:
- ބަންޑާރަ ނާއިބު އަހްމަދު އުޝާމް: ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވި
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު: ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު: ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވި
މަޖިލީހުން ރުހުން ނުދެއްވި ނަމަވެސް ރައީސް މުއިއްޒު ވަނީ ހަމަ އެ މަގާމުތަކަށް އަލުން އެ ބޭފުޅުން އައްޔަން ކުރައްވާފައެވެ. އަދި މިއަދު އެބޭފުޅުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހަށް ރައީސް މުއިއްޒު ވަނީ އަލުން ފޮނުއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ