ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު މުލީއާގެ އަށް ބަދަލުވެވަޑައިގެންފިއެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން މުލީއާގެއަށް ބަދަލުވެވަޑައިގަތީ މިހާރު ރައީސް މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ އެއް ދުވަސް ކުރިންނެވެ.
ރައީސް މުއިއްޒުގެ ދެކަނބަލުން މުލީއާގެ އަށް ބަދަލުވެވަޑައިގެންނެވިއިރު މުލީއާގެ އަށް ބަދަލުނުވެ، އެ ދެކަނބަލުން ހުންނެވީ އެތަނުގައި ބައެއް މަރާމާތުތައް ކުރަން ހުރުމުންނެވެ.
ރިޔާސީ ގަނޑުވަރުގެ ގޮތުގައި ކުރިން ބޭނުންކުރީ ތީމުގެއެވެ. ނަމަވެސް 2008ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ރިޔާސީ ގަނޑުވަރެއްގެ ގޮތުގައި ހިޔާރު ކުރެއްވީ މުލީއާގެއެވެ. އަދި ތީމުގެއަށް ސުޕްރީމް ކޯޓާއި ހައިކޯޓު ފަދަ ތަންތަން ބަދަލުކުރިއެވެ.
އޭގެފަހުން 2013ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ކުރީގެ ރައީސް ޔާމީން މުލީއާގެ އަށް ބަދަލުވެވަޑައެއް ނުގަންނަވައެވެ. މުލީއާގެ އޭރު ހިންގެވީ ސިޔާސީ ހަރަކާތްތަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ