ރޯދަމަސް ނިންމާ 10 ދުވަސް ފަހުން ރައްޔިތުންގެ މަޖިލިސް ބާއްވާ ގޮތަށް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްކޮށްފިއެވެ.
މި އިސްލާހަކީ އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހެކެވެ. އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހަޅާފައި ވަނީ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.
އެ އިސްލާހުގައި ރޯދަމަހުގެ ތެރޭގައި އެއްވެސް އިންތިހާބެއް ނުބާއްވަން ވަނީ ހުށަހަޅައިފައެވެ. އަދި އިންތިހާބެއް ބާއްވާ ތާރީހު ރޯދަމަހަށް ވަންނަ ކަމަށްވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަމަސް ނިމި އޭގެ 10 ދުވަހުން ފަހުން ކަމަށް ވެސް ބުނެފައިވެއެވެ.
ބިލު ދިރާސާ ކުރުމަށް ފަސް މެންބަރުންގެ ވަގުތީ ކޮމެޓީއެއް ނެގިއެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބު މާޗު މަހުގެ 17ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ. އެއީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ