ޕާކިސްތާނުގައި އިއްޔެ ބޭއްވި އާންމު އިންތިހާބުގައި, ޖަލުގައި އޮންނެވި ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާއީދުކުރާ ކެންޑިޑޭޓުން ކުރީގައި އުޅޭ ކަމަށް މިހާތަނަށް ލިބުނު ނަތީޖާއިން ދައްކައިފި އެވެ.
ވެރިކަމުން ދުރުކޮށް އެކި މައްސަލަތަކުގައި ދިގު މުއްދަތުގެ ޖަލު ހުކުމް އިއްވާފައިވާ އިމްރާންގެ ޕާކިސްތާން ތަހްރީކީ އިންސާފް (ޕީޓީއައި) ގެ ކެންޑިޑޭޓުން ޕާޓީގެ ނަމުގައި ވާދަކުރުން މަނާކޮށްފައިވާތީ ޕީޓީއައިގެ ކެންޑިޑޭޓުން އިންތިހާބަށް ނިކުތީ މިނިވަން ކެންޑިޑޭޓުންގެ ގޮތުގަ އެވެ.
މިހާތަނަށް އާންމުކުރި ނަތީޖާތަކަށް ބަލާއިރު ގިނަ ދާއިރާތަކުން ގޮނޑި ކާމިޔާބުކޮށްފައިވަނީ މިނިވަން ކެންޑިޑޭޓުންނެވެ. މިހާތަނަށް އާންމުކުރި ނަތީޖާގައި 60 އަށް ވުރެ ގޮނޑި މިނިވަން ކެންޑިޑޭޓުން ކާމިޔާބު ކުރިއިރު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާޓީއަށް ކާމިޔާބުވީ 46 ގޮނޑި އެވެ.
ނަމަވެސް އަދިވެސް ގިނަ ގޮނޑިތަކެއް ނަތީޖާ އިއުލާން ނުކޮށް އޮތުމުން ނަތީޖާ ބަދަލުވުމުގެ ފުރުސަތު އެބައޮތެވެ.
ވޯޓުގެ ނަތީޖާ ލަސްވުމުން ޕާޓީތަކުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ