އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމަށް ހުޅުވާލި މުއްދަތު ހަމަވާން ބާކީ ހަތަރު ދުވަހަށް ވީއިރު އިއްޔެއާ ހަމައަށް ލިބިފައިވަނީ އެންމެ 18 ފޯމު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މި ކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"އެންމެ ފަހު ވަގުތުގައި ފޯމު ލައްވަން މަޑުކުރައްވައިފިނަމަ، ފަހަރެއްގައި ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހު ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާހު ކުރުމުގެ ފުރުސަތު ލިބިވަޑައިނުގެންފާނެ،" ހަބީބު ލިޔުއްވާފައިވެ އެވެ.
މަޖިލީހުގެ އިންތިހާބު ބާއްވާ ތާރީހު، ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ އިންތިހާބު ފަސްކުރުމަށް ޓަކައި، ގާނޫނަށް ބޭނުންވާ ބަދަލުގެ ބިލެއް ހުށަހަޅައި ވަގުތީ ކޮމިޓީއަކުން ބިލު ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ނަމަވެސް ހަބީބު ވިދާޅުވީ އިންތިހާބުގެ ތާރީހު ފަސްކުރި ނަމަވެސް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރަށް ފަސްނުކުރެވޭނެ ކަމަށެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި