އެމްއެންޑީއެފްއާ ގުޅިގެން ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަ ޓްރެއިނިން ޕްރޮގްރާމެއް ފަށައިފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ދޭ ހިދުމަތްތައް ރަނގަޅު ކުރުމަށާއި މުވައްޒަފުންގެ ގާބިލްކަން އިތުރު ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ މަތިން އެންމެ އިސްކަމެއް ދީގެން ކުރާ އެއް މަސައްކަތް ކަމަށެވެ.
އެގޮތުން އެމްއެންޑީއެފްއާ ގުޅިގެން ސްޓެލްކޯގެ ހުރިހާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ލީޑާޝިޕް އެންހޭންސްމަންޓް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 120 މުވައްޒަފަކު އެ ތަމްރީނު ފުރިހަމަ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޭގެ ސަބަބުން ސްޓެލްކޯގެ މުވައްޒަފުންގެ އަހުލާގު ހަރުދަނާވެ, ރައީސް ބޭނުންފުޅުވާ ފެންވަރުގައި ހިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކ. ގިރިފުށީގައި ހުންނަ އެމްއެންޑީއެފްގެ ޓްރެއިނިން ސެންޓަރުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ގިނަ އަދަދެއްގެ ސްޓެލްކޯގެ މުވައްޒަފުން ބައިވެރިވެ އެވެ. އޭގެ ސެޝަނެއް މިއަދު ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ