ރަށުގައި ތިބެގެން ޒުވާނުންގެ ހުނަރުތައް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ ސުވާލާއި ޖަވާބު ޕްރޮގްރާމްގެ ތެރެއިން ތ. ކިނބިދޫ ޒުވާނަކު ރައީސާ ސުވާލު ކުރެއްވީ ރަށުގައި ތިބެގެން ވަޒީފާ އާއި އާމްދަނީ ހޯދޭނެ ގޮތެއް ފަހިކޮށް ދޭން މަސައްކަތް ކުރައްވާނެތޯ ވިދާޅުވެ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ އެކިކަހަލަ ހުނަރުތައް ހުރި ޒުވާނުންގެ ކްރިއޭޓިވް މަސައްކަތްތައް އޮންލައިންކޮށް ބޭރުގެ މާކެޓްތަކަށް ވިއްކުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެ ފުރުސަތު ހަމަޖެހުމުން ކޮންމެ ތަނެއްގައި ހުރެގެން ވެސް އާމްދަނީ ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެ ކުއްޖެއްގެ ޓެލެންޓް ބޭރުގެ އެކި މާކެޓްތަކަށް އޮންލައިން ވިޔަފާރީގެ ތެރެއިން, ޕޭމަންޓް ގޭޓްވޭ ނިޒާމުގެ ތެރެއިން ގެންދެވޭނެ. އެކިހަލަ ޓެލެންޓް ހުންނަ ކުދިން މި ތިބެނީ. އެހެންވީމަ އެ ހުންނަ ތަނެއް މެޓާއެއް ނުވާނެ އޭރަކުންނެއް." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ވަޒީފާގެ ފުރުސަތުތައް ރަށްރަށުގައި އިތުރުކުރަން ޓޫރިޒަމާއި މަސްވެރިކަން ފަދަ ދާއިރާތައް އިތުރުކޮށް, އިގްތިސާދީ ކަންކަން ފުޅާކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާތަނަށް ތ. އަތޮޅުގައި އެކަށީގެންވާ ވަޒީފާގެ ފުރުސަތުތައް ލިބިފައި ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ