އީޔޫ އަށް ރާއްޖެއިން ބޭރު ކުރާ މަހުން ބާވަތްތަކުން ނަގާ ޓެރިފް އުވާލުމުގެ މަސައްކަތް އޮތީ އަވަހަށް ނިމޭ ހިސާބެއްގައި ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތާއި އީޔޫ އަށް ބޭރު ކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާތައް ކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް ޑިއުޓީ ކަނޑާލެވޭނެ ކަމަށް ކުރީ ސަރުކާރުން އިއުލާން ކުރި އެވެ. ނަމަވެސް މަޖިލީހުގެ މިއަދު ޖަލްސާގައި ޝިޔާމް ވިދާޅުވީ މަހުގެ އަގު 17ރ. އިން 25ރ. އަށް ބޮޑު ކުރީ ޓެރިފް ކުޑަ ވާނެ ކަމުގެ ފެހި ސިގްނަލް ލިބިގެން ކަމަށް ކުރީ ސަރުކާރުން ބުނި ކަމަށެވެ.
އެކަމަކު މި ސަރުކާރު ހަވާލުވުމަށް ފަހު އެ މަސައްކަތް އޮތް ހިސާބެއް ބެލި އިރު އެކަން އޮތީ އަވަހަށް ނިމޭނެ ގޮތަކަށް ނޫން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އަދި ވަރަށް ޒަމާން އެކަމަށް ނަގާނެ ހިސާބެއްގައި އެ ވާހަކަތައް އެ ހުރީ،" ޝިޔާމް ވިދާޅުވި އެވެ.
ރާއްޖޭގެ ކަނޑުމަހުން ނަގާ ޑިއުޓީ ކުޑަކުރަން ބަލާއިރު ރާއްޖެއަކީ މިހާރު އެކަމަށް ޝަރުތު ހަމަވާ ގައުމެއް ނޫން ކަމަށް އިނގިރޭސިވިލާތުގެ ޕާލަމަންޓުގެ މަތިގެ ނުވަތަ ހައުސް އޮފް ލޯޑްސްގައި އިނގިރޭސި ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
ރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި 22 ޕަސެންޓް ނަގަ އެވެ. އެހެންވެ، ރާއްޖެއިން ޔޫރަޕް މާކެޓަށް ވިއްކާ މަހުގެ އަގު ވަރަށް ބޮޑަށް ވަނީ އުފުލިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ