ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކު މަޖިލީހުގައި ނެތްނަމަ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލިސް އިންތިހާބުގައި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅުމަށް ދަރުބާރުގޭގައި ހުންނަވައިގެން ފައްޔާޒު ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އެ ޕާޓީން ވެރިކަން ކުރީ ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުގެ ތެރޭގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެނުނީ ރާއްޖެއާ އެންމެ ގާތް ގުޅުން ބާއްވާ ގައުމަށް ޒާތީގޮތުން ޖައްސާލި ތަން ކަމަށާއި އެ ސަބަބުތަކާ ހެދި މި ސަރުކާރުގެ މާލީ ހާލަތާ މެދު ވަރަށް ކަންބޮޑުވާކަން ފާހަގަ ކުރެއްވި އެވެ.
"މަޖިލީހުގައި ސަރުކާރަށް ޖަވާބުދާރީ ކުރުވަން، ސަރުކާރާ އިދިކޮޅު ބައެއް ނެތް ކަމަށް ވަންޏާ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެގެން ގޮސްދާނެ،" ކުރީގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަޖިލީހުގެ މެޖޯރިޓީ އޮތް ކަމަށް ވަންޏާ މި ނާގާބިލް ސަރުކާރަށް އަޅުގަނޑުމެންގެ މަޖިލިސްގެ ތެރެއިން ވެސް ގާބިލްކަން ގެނެވޭނެ، މަސައްކަތް ވެސް ކުރެވޭނީ އޭރުން."
އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މި ސަރުކާރަށް މި ވީ ދެ މަސް ދުވަހުގެ ތެރޭގައި ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ނިލަންދޫ އަދި އޭދަފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަވުމުން އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާގަ އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި