ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އިސްވެ ހުންނަވައި އުފެއްދި އެމްއާރްއެމް ޕާޓީ އުވާލަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި, އެ ޕާޓީއަށް ބައި ލައްކަ ރުފިޔާ ދޭން އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
އެމްއާރްއެމްގައި 3،000 މެންބަރުން ހަމަނުވާ ކަމަށާއި ސިޔާސީ ޕާޓީއެއްގައި މެމްބަރުން ތިބެން ޖެހޭ ކަމަށް ގާނޫނުގައި ލާޒިމްކޮށްފައިވާ އެ އަދަދު ފުރިހަމަކުރަން ދިން މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް މެމްބަރުން ހަމަކޮށްފައި ނުވާ ކަމަށް ބުނެ އެ ޕާޓީ އުވާލަން ނިންމީ މިދިޔަ އަހަރުގެ މެއި މަހު އެވެ.
ޕާޓީ އުވާލަން ނިންމި މައްސަލާގައި ސިވިލް ކޯޓުން ކުރި ހުކުމްގައި ވަނީ ޕާޓީ އުވާލަން އީސީން ދީފައިވާ ނޯޓިސްއަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްއެއް ކަމަށެވެ.
އެހެންވެ، ޕާޓީ އުވާލަން ނިންމައި ފޮނުވި ސިޓީ އާއި އެ ފަހުން އެކަމާ ގުޅޭ ގޮތުން ކޮމިޝަނުން ނިންމާފައިވާ ހުރިހާ ކަމެއް ސިވިލް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.
ގާނޫނާ ހިލާފަށް އެމްއާރްއެމްއާ މެދު އެޅި ފިޔަވަޅުގެ ސަބަބުން ކޯޓަށް ދާން ޖެހި އެކަމަށް ހޭދަވި ހަރަދުގެ ބަދަލުގެ ގޮތުގައި 50،000ރ. އިލެކްޝަން ކޮމިޝަންގެ ފަރާތުން އެމްއާރްއެމް އަށް ހަތް ދުވަސް ތެރޭ ދައްކަން ވެސް އަމުރުކޮށްފައިވެ އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބަށް ކައިރިވެފައިވަނިކޮށް ޕާޓީ އުވާލުމަށް ނިންމުމުން އެ ޕާޓީގެ ރައީސް އަހުމަދު ފާރިސް މައުމޫން، އިންތިހާބުގައި ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ