ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާ މެމްބަރުގެ މަގާމަށް ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ބަދަލުގައި ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު ހަމަޖައްސަވައިފި އެވެ.
ސުޕްރީމް ކޯޓުން ބުނިގޮތުގައި ޖޭއެސްސީއަށް ފަނޑިޔާރު ޝުޖޫންގެ ބަދަލުގައި ފަނޑިޔާރު ސުއޫދު އައްޔަން ކުރެއްވުމަށް އެ ކޯޓުން މިއަދު ވަނީ ނިންމައިފަ އެވެ. ނަމަވެސް އެގޮތަށް ނިންމެވީ ފަނޑިޔާރު ޝުޖޫން ވަކިކުރެއްވުމަށްފަހު ކަމެއް ނުވަތަ އޭނާ ޖޭއެސްސީން އިސްތިއުފާ ދެއްވުމުން ކަމެއް ސާފެއް ނުވެ އެވެ.
ޖޭއެސްސީ އެކުލެވިފައި އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު ޖޭއެސްސީގައި އިންނަވަން ޖެހެ އެވެ. އެ މަގާމަށް ފަނޑިޔާރު ޝުޖޫން އައްޔަން ކުރެއްވީ ޑިސެމްބަރު، 2019 ގަ އެވެ. އޭނާގެ ދައުރު ހަމަވާނީ މިއަހަރުގެ ފަހުކޮޅަށެވެ.
ޖޭއެސްސީގައި އިންނަވާ މެމްބަރު ކަނޑައަޅަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުންނެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާގެ ރައީސަކީ ވެސް ސުއޫދެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ