ފުޅާ ދާއިރާއެއްގައި ގެސްޓުހައުސް ވިޔަފާރި ކުރަމުން އަންނަ ކ. މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމް އެއް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ކުރިއަށް ގެންދާ ސުވާލާއި ޖަވާބު ޕްރޮގްރާމްގެ ތެރެއިން މާފުށީ ރައްޔިތަކު ވަނީ މާފުށީގައި ޑޮލަރު އޭޓީއެމް އެއް ބެހެއްޓުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެއް ކަމަށާއި އެހެންކަމުން އެކަން ކޮށްދޭނީ ކިހާތާކުތޯ ސުވާލު ކޮށްފައެވެ.
"މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،" މާފުށިން ސުވާލުކުރި މީހާގެ ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސްއާ ސުވާލުކުރި މީހާ ވަނީ މާފުށި ބިން ހިއްކުމާއި ގުޅޭ ގޮތުން ވެސް ސުވާލު ކޮށްފައެވެ. އަދި ވެރިކަމުގެ ކުރީކޮޅު އެ މަސައްކަތް ފެށުމަށް އޭނާ ވަނީ ރައީސްގެ ކިބައިން އެދިވަޑައިގެންފައެވެ.
ބިން ހިއްކުމާއި ގުޅޭ ގޮތުން ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނުފެނުނު ނަމަވެސް، އެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށްވީ ވައުދުތައް ދައުރުގެ ފަހު އަހަރަށް ނުބަހައްޓާ ވީހާ ވެސް އަވަހަކަށް އެ ވައުދުތައް ފުއްދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ