ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)އިން ކުރިއަށް ގެންދާ، ކްރިއޭޓަރސް ކޮންފްލުއެންސް ފަށައިފިއެވެ.
އެ ކޮންފުލުއެންސަކީ، ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ނުވަތަ ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި ފަންނުވެރިންގެ ހިޔާލާއި މަޝްވަރާ ހިމެނުމާއި، ބީސީސީން ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ، "ކްރިއޭޓާ ހަބް"ގައި ގާއިމްކުރާ އެ ވަސީލަތްތަކަކީ ފަންނުވެރިންގެ ހިޔާލާއި މަޝްވަރާއާއެކު ގާއިމްކުރެވޭ ވަސީލަތްތަކަކަށް ހެދުމަށް، އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ބީސީސީގެ އިސްނެގުމުގެ މަތިން ބާއްވާ ބައްދަލުވުމެކެވެ.
މިއަދު ހެނދުނު 10:00ގައި، ނޭޝަނަލް އާޓް ގެލެރީގައި ފެށި އެ ކޮންފުލުއެންސް މިރޭ 10:00އާ ހަމައަށް ކުރިއަށްދާނެއެވެ.
ފަންނުވެރިކަމުގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިގެން ބާއްވާ އެ ކޮންފުލުއެންސްގައި އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ ޒުވާނުންނާއި ދާއިރާގެ ތަޖްރިބާކާރުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ދެމުން އަންނަ ކަމަށް ބީސީސީން ބުންޏެވެ.
ފުރިހަމަ ފަންނުވެރި އިގްތިސޯދެއް ބިނާކުރެވޭނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، އެކަންކަން ހައްލުކުރެވޭނެ ގޮތްތައް ދެނެގަނެވިގެން ކަމަށް ބީސީސީން ބުންޏެވެ.
އެހެންކަމުން އެފަދަ ކޮންފުލުއެންސްތައް ވެގެންދާނީ އެ ދާއިރާއަށް ބޮޑެތި ކުރިއެރުން ގެނުވުމަށް މަގުފަހިވެގެންދާނެ ކަމަކަށް ކަމަށް އެކުންފުނިން ބުންޏެވެ.
"ބީސީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި މިފަދަ އިތުރު ކޮންފުލުއެންސް ތަކާއި ބައްދަލުވުންތައް ބާއްވައި އެކި ދާއިރާތައް ކުރިއެރުވުމުގައި އެ ދާއިރާތަކުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ލަފަޔާއި މަޝްވަރާ ހޯދުމެވެ." އެކުންފުނިން ބުންޏެވެ.
"ކްރިއޭޓާ ހަބް" އަކީ ދިވެހިރާއްޖޭގައި ފަންނުވެރި އިގްތިސޯދެއް ބިނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
އެގާރަ ފަންގިފިލާއަށް އިމާރާތްކުރާ، ކްރިއޭޓާ ހަބް ވެގެންދާނީ ފަންނުވެރިކަމުގެ ސިނާއަތުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ފަސޭހައިން މަސައްކަތް ކުރެވޭނެ މަސައްކަތު ޖާގަތަކާއި ތަކާއި ފަންނުވެރި މަސައްކަތްތައް ކުރިއެރުވުމަށް ބޭނުންވާ ގިނަ ވަސީލަތްތައް ފަހިވެގެންދާނެ ތަނަކަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ