ރާއްޖޭގައި ފަރު މަސްވެރިކަމަށް ހާއްސަކޮށް ލޯނެއް ތައާރަފު ކުރުމަށް ސަރުކާރުން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.
އެކަން އިއުލާން ކުރެއްވީ ށ. ކޮމަންޑޫގައި މަސްވެރިންގެ ދަފްތަރު އިފްތިތާހް ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމެވެ. ޝިޔާމް ވަނީ އެ ލޯނަކީ ވަރަށް ލުއި ގޮތަކަށް ދޫ ކުރުމަށް ސަރުކާރުން ނިންމާފައިވާ ލޯނެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ އެ ލޯނަކީ ހަމައެކަނި ފަރު މަސްވެރިކަމަށް ހާއްސަކޮށް ދޫކުރެވޭ ލޯނެއް ކަމަށެވެ.
"މި ލޯނު ހަތް ލައްކަ ރުފިޔާއަށް ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު، އެ ލޯނަކީ އަދި ވަރަށް ލުއި ގޮތަކަށް ލިބޭ ލޯނެއްކަން މި އެނގެނީ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކަފުޅުގައި އެ ލޯނުން ގިނަ ކަންތައްތަކަކަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮތުން ޑިންގީއެއް ނުވަތަ ކުޑަ ލޯންޗެއް ގަންނަންވިއަސް އަދި މަސްވެރިކަމާއި ގުޅޭ އެހެން ވަސީލަތެއް ހޯދަން ކަމުގައިވީ ނަމަވެސް އެ ލޯނު ބޭނުން ކުރެވޭނެ ކަމަށެވެ.
"ނޫނީ މަސް ބާނައިގެން މަސް ގަންނަ އަދި އެ މަސް ޕެކް ކުރާ ފަރާތެއް ކަމުގައިވިޔަސް އެ ކުރުމައި މި ލޯނުތައް އެބަ އެހީތެރިކަންދޭ،" ޝިޔާމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ