ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ އަދި މިވަގުތު އިދިކޮޅު އެންމެ ބޮޑު ޕާޓީއެއްގެ ގޮތުގައި ވެސް އެމްޑީޕީގެ ހުސްވެފައިވާ ރައީސް ކަމުގެ މަގާމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހިދު ކުރިމަތިލައްވަން ނިންމަވައިފިއެވެ.
އެކްސްގައި ޝާހިދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވަން ގަސްދު ކުރައްވާފައިވާ ކަމަށެވެ.
"އައު ފޯރިޔަކާއި އައު ޖޯޝަކާއި އެކު، އާބާރެއްގައި އެމްޑީޕީ ނިކުމެ ރައްޔިތުން އެދޭ މިސްރާބަށް ރާއްޖެ އަލުން ގެންދިޔުމަށް އެންމެން އެކުވެ އަތުގުޅާލަންވެއްޖެކަން ބަލާލި ކޮންމެ ދިމާލަކުން މިއަދު މިއޮތީ ފެންނާށެވެ." ޝާހިދުގެ ޕޯސްޓުގައިވެއެވެ.
އެމްޑީޕީގެ ރައީސްކަން ހުސްވީ އެޕާޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ލީޑާޝިޕާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެން ނަޝީދަށް ތާއީދު ކުރާ ބައެއް ފަރާތްތައް ޕާޓީން ވަކިވެ އުފެއްދި އައު ސިޔާސީ ޕާޓީއާ ގުޅިވަޑައިގަތުމަށެވެ.
އެއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުން އެޕާޓީގެ ރައީސް ކަމުގެ މަގާމު ވަގުތީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލު ކުރަން ނިންމިއެވެ.
އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑި އަކީ މިމަހުގެ 20ވަނަ ދުވަހުގެ މެންދުރު 14:00އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ