އައްޑޫ ސިޓީގެ 68 މިސްކިތެއް މަރާމާތު ކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް ފައިސާ ޖަމާ ކޮށްދީފިއެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިިއަދު ވިދާޅުވީ އައްޑޫ ސިޓީގެ 68 މިސްކިތެއްގެ މަރާމާތަށް މިއަހަރު، މިސްކިތް ފަންޑުން 1.5 މިލިއަން ރުފިޔާ ކައުންސިލް މެދުވެރިކޮށް ހަރަދު ކުރާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ މިހާތަނަށް އައްޑޫގެ މިސްކިތްތައް މަރާމާތަށް ސަރުކާރަކުން އެއްފަހަރާ ކުރާ އެންމެ ބޮޑު ހޭދަ ކަމަށެވެ.
"އަދި އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ސްޕީޑް އަވަސްކޮށް، މޭ 2025 އަށް ނިންމޭނެ،" ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިފަދައިން ވިދާޅުވިއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެންފައެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގައި މިނިސްޓަރު ޝަހީމްގެ އިތުރުން ބައެއް އެހެން ވަޒީރުން ވެސް އަންނަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒު އަދި ވަޒީރުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ