މަނީލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށާއި އުއްމީދަކީ ޝަރުއީ ނިޒާމުގެ ތެރެއިން ދާދި އަވަހަށް އެކަން ވެގެން ދިއުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ސިޓީގެ ފޭދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޝަރުއީ ނިޒާމުގެ ތެރެއަށް ނުފޫޒު ނުފޯރުވާނެ ކަމަށް އެމަނިކުފާނު މީގެކުރިން ވެސް ދަންނަވާފައިވާނެ ކަމަށެވެ. އަދި ޝަރުއީ ނިޒާމަކީ ވަކި ބާރަކަށް ވާއިރު އެ ނިޒާމު ހިނގަން ވާނީ ފުރިހަމަ މިނިވަންކަމާއެކު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެއްވެސް ވަޒީރަކު، އެއްވެސް ކުންފުންޏެއްގެ ވެރިއަކު، އެއްވެސް އެމްޕީއަކު، ސަރުކާރުގެ ތެރެއިން އެއްވެސް ބޭފުޅަކު ކޯޓުތަކަށް ނުފޫޒެއް ނުފޯރުވާނެ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ވިސްނުމެއްގައި އަނިޔާވެރިވުމަކީ އެމަނިކުފާނު ނުކުރައްވާނެ ކަމެއް ކަމަށް ވައުދުވެވަޑައިގެންނެވި ކަމަށާއި އަދުލުވެރިކަމަކީ އެންމެންނަށް ލިބެންޖެހޭ އެއްޗެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރީގެ ރައީސް ޔާމީނަށް އިންސާފު ލިބެން ޖެހޭ ކަމަށެވެ. އަދި އެކަމަށް ހުރަސް އަޅުއްވާނެ އެއްވެސް ބޭފުޅަކު ސަރުކާރުގެ ތެރޭގައި ނުހުންނާނެ ކަމަށެވެ.
"އަޅުގަނޑު އުއްމީދު ކުރަނީ ޝަރީއަތުގެ ތެރެއިން އެމަނިކުފާނަށް [ރައީސް ޔާމީނަށް] ދާދި އަވަހަށް އިންސާފު ލިބިގެންދާނެ ކަމަށް. އެކަމަށް ހުރަސް އަޅާނެ އެއްވެސް މީހެއް މި ސަރުކާރަކު ނުހުންނާނެ،" ރައީސް ވިދާޅުވިއެވެ.
ޕީޕީއެމް އާއި އެޕާޓީގެ ލީޑާޝިޕުގެ ބޭފުޅުންނާއި މެދު ހިޔާލު ތަފާތުވުންތަކެއް އުފެދި އެޕާޓީން ވަކިވެވަޑައިގަތުމަށް ފަހު ޔާމީން މިހާރު ވަނީ އައު ޕާޓީއެއް އުފައްދަވައިފައެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ނަމުގައި އުފެއްދި އެ ޕާޓީ އަށް ޔާމީން ވެސް ވަނީ ސޮއި ކުރައްވާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ