އައްޑޫ ސިޓީގެ ހިތަދޫ އާއި އަދި ވަކިން އޮންނަ ހުޅުމީދޫ ގުޅުވާލަދޭ ބްރިޖު މަޝްރޫއުގައި މިއަދު ސޮއިކޮށްފިއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައި ވަނީ "ދަ އަރަބް ކޮންޓްރެކްޓާސް - އޮސްމާން އަހުމަދު އޮސްމާން އެންޑް ކޯ"އާއެވެ. އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބެވެ. ދަ އަރަބް ކޮންޓްރެކްޓާސްގެ ފަރާތުން ސޮއިކުރެއްވީ އިންޖިނިއަރު، ހެބާ އަހުމަދެވެ.
ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖުގެ ދިގު މިނަކީ 13-15 ކިލޯ މީޓަރެވެ. މިއީ ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ބްރިޖެވެ. މިހާތަނަށް ރާއްޖޭގައި އަޅާފައި ވަނީ އެންމެ ބްރިޖެކެވެ. އެއީ މާލެ އާއި ހުޅުމާލެ ގުޅުވާލަދޭ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖެވެ. އެ ބްރިޖުގެ ދިގުމިނަކީ ވެސް 1.3 ކިލޯ މީޓަރެވެ. ތިލަމާލެ ބްރިޖުގެ ދިގު މިނަކީ 6.7 ކިލޯ މީޓަރެވެ.
ރިޔާސީ އިންތިހާބުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އައްޑޫ ސިޓީ ހިތަދޫ އަދި ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއުގެ މަސައްކަތަށް މިއަހަރުގެ ބަޖެޓުގައި ވެސް ފައިސާ ހިމަނާފައިވެއެވެ. ދައުލަތުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ އަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިއަދު ސޮއިކުރި އެއްބަސްވުން ދެން ބަދަލުވާނީ ކޮންޓްރެކްޓަކަށް ކަމަށެވެ. އަމަލީ މަސައްކަތުގެ ކޮންޓްރެކްޓަކަށް ބަދަލުވެ ހަމަ މިއަހަރުގެ ތެރޭގައި މި ބްރިޖުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ