ހައި ކޯޓުގައި ހުރި ދުވަސްވީ މައްސަލަތަކުގެ ޝަރީއަތް އަވަހަށް ނިންމަން ނުރަސްމީ ގަޑީގައި ޝަރީއަތްތައް ހިންގަން ނިންމައިފި އެވެ.
ހައި ކޯޓުން މިއަދު ބުނީ ގިނަ ދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ހާއްސަ މަސައްކަތްތަކެއް ކުރަން އެ ކޯޓުގެ ފަނޑިޔާރުން ނިންމާފައިވާ ކަމަށެވެ.
އެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވަނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި ފުރަތަމަ ފިޔަވަހީގައި އިސްކަން ދޭނީ 2017، 2018، 2019 އަދި 2020 ވަނަ އަހަރުގެ މައްސަލަތައް ނިންމަން ކަމަށް އެ ކޯޓުން ބުންޏެވެ.
އެ މައްސަލަތައް ނިންމަން ކޮންމެ ދުވަހަކު ވެސް ރަސްމީގަޑީގެ ފަހުން 2:30 ގައި ޝަރީއަތުގެ އަޑުއެހުންތައް ބޭއްވުމަށް ހާއްސަ ސްލޮޓްތަކެއް ކަނޑައަޅާފައިވާ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ