މަސްވެރިން މިފްކޯ އަށް މަސް ކިރުމަށްފަހު ފައިސާ ނުލިބޭ މައްސަލާގައި މިހާރު ކުރަމުން އަންނަ އިހުތިޖާޖުގެ ތެރެއިން އައްޑޫގައި ހުންނަ މިފްކޯ މަސް ފެކްޓަރީ ވެސް މަސްވެރިން ނިކުމެ ބަންދުކޮށްފިއެވެ.
މުޒާހަރާ ފަށާފައި ވަނީ 13 މަސް ދޯންޏެއްގެ މަސްވެރިންނާ އެކު، އިއްޔެ ހެނދުނުއެވެ. އެ އިހްތިޖާޖަށް 24 ގަޑިއިރުވީއިރު ވެސް، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބިފައިނުވާ ކަމަށް މަސްވެރިން ބުންޏެވެ. މަސްވެރިން ވަނީ ގއ. ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓުވައިފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަސްވެރިން މިހާރު ވަނީ އައްޑޫގައި ހުންނަ މިފްކޯ މަސް ފެކްޓަރީ ވެސް ބަންދުކޮށްފައެވެ. އައްޑޫ އިން "ހަތާވީސް"އާ ވާހަކަދެއްކި މަސްވެރިޔަކު ބުނީ އިހުތިޖާޖު ކުރަމުން ދަނީ އައްޑޫގެ މަސްވެރިންތަކެއް ކަމަށެވެ. އަދި އެ މަސްވެރިންގެ ޑިމާންޑަކީ ވެސް އެހެން މަސްވެރިންގެ ޑިމާންޑުތައް ކަމަށް އޭނާ ބުންޏެވެ. އަދި އިހުތިޖާޖުގައި އިތުރު ދޯނިތައް ވެސް ބައިވެރިވަމުން އަންނަ ކަމަށް ބުންޏެވެ.
"އަނބިދަރިން އެތިބީ ނުކައި. ފެން ބިލެއް، ކަރަންޓު ބިލެއް ނުދެއްކޭ. ކުރިއަށް އޮތީ ރޯދަ މަސް. ކިހިނެއް މަޑުން ތިބެވޭނީ. މަހަށް ވެސް ނުނުކުމެ، މުޒާހަރާއަށް މިނުކުތީ ކެތްމަދުވެގެން. ކިރުވި މަހަށް އަވަހަށް ފައިސާ ދީ،" ގއ. ވިލިނގިލީ، "ފަހިމަގު 303" ދޯނީގެ މަސްވެރިޔާ އަލީ ސާޖިދު އިއްޔެ ބުންޏެވެ.
ކޫއްޑޫގައި މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވެސް އިއްޔެ ވަނީ ކޫއްޑޫގައި އިހުތިޖާޖު ކުރާ ބައިވެރިންނާ ބައްދަލުކޮށްފައެވެ.
މަސްވެރިންނަށް ސަރުކާރުން ދޭންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މި މަހު 26ގައި ދޭނެ ކަމަށް މިނިސްޓަރު ދެންނެވިއެވެ. ނަމަވެސް މަސްވެރިން އެގޮތަށް އެއްބަހެއް ނުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ