އަނިޔާވެރިކޮށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ ދައްތަ ފުލުހުންގެ ވަޒީފާއިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށާއި އަދި އޭނާއަށް އަލުން ވަޒީފާދޭން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ޔާމީންގެ ދައްތަ އައިޝަތު ރަޝީދު ފުލުހުންގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު އަދާކުރަމުން ދަނިކޮށް 2017 ވަނަ އަހަރު ވަޒީފާއިން ވަކިކުރީ ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވުމުންނެވެ. އެއީ އެ އެއްވުމަކީ ހުއްދަ ނެތި އަދި ސިޔާސީ ކުލަ ޖެހިފައިވާ އެއްވުމެއް ކަމަށް ބުނެ އެވެ.
އައިޝަތު ވަކިކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކުރި މައްސަލަ އޭނާ އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އޭނާގެ މައްޗަށް ކުރި ތުހުމަތަކީ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ކަމެއް ކުރުމާއި ސަރުކާރަށް ހުތުރުވާ ފަދަ ކަމެއްގައި ބައިވެރިވުން ކަމަށާއި ނަމަވެސް އޭނާ ވަކިކުރީ ހުއްދަ ނެތި ރޭވި އެއްވުމެއްގައި ބައިވެރިވުމުން ކަމަށް ބުނެ ކަމަށެވެ. އަދި އެއްވުން ބޭއްވީ ހުއްދަ ނެތިކަން އޭނާއަށް ނޭނގޭ ކަމަށް އޭނާ ބުނާއިރު އެއްވުން ބާއްވަން ހުއްދަ ހޯދުމަކީ އެކަން އިންތިޒާމްކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ހުކުމުގައިވެ ބުނެފައިވެ އެވެ.
ހުކުމުގައިވާ ގޮތުން އެއްވުމެއްގައި ހަމައެކަނި ބައިވެރިވުމަކީ ސިޔާސީ ކުލަ ޖެހިފައިވާ ކަމެއް ކަމަށް ބުނެ އައިޝަތު ވަޒީފާއިން ވަކިކުރަން ނިންމީ ޖަޒުބާތީ ގޮތެއްގަ އެވެ. އަދި އެއްވުމުގައި ބައިވެރިވި އެހެން ބަޔަކު ފުލުހުންނާ މެދު އަމަލުކުރި ގޮތުގެ ސަބަބުން އައިޝަތު ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަލުން ދިނުމަށާއި އަދި ގެއްލުނު މުއްދަތުގެ ތެރެއިން ހަ މަސް ދުވަހުގެ މުސާރަ އާއި އިނާޔަތްތައް ދައުލަތުން އޭނާއަށް ދޭންޖެހޭނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ނޭނގެއޭ ބުނުމަކީ ޒިންމާ އަކުން ރެކެން އޮތް ހުއްޖަތެއް ނޫން. ފުލުސް އޮފީހުގައި އުޅޭއިރު ހިފަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކެއް އޮންނަން ވާނެ، އެހެން ވިއްޔާ ފުލުހުންނަށް ވެސް ސިޔާސީ ޕާޓިތަކުގެ އެއްވުން ތަކުގައާއި ޖަލްސާތަކުގައި ވެސް ބައިވެރިވެ ، ފަހުން ނޭނގެއޭ ބުނެވޭނެ.
ޙެއްވާ