ގދ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ މާވަރުލު އެއާޕޯޓާއި އެ އެއާޕޯޓު ކައިރީގައި އޮންނަ ގައްދޫއާ އެއްގަމު މަގުން، ގުޅާލަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގދ. އަތޮޅަށް މިހާރު ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގައްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައްދޫ ކައިރީގައި އޮތް މާވަރުލު އެއާޕޯޓަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ އެ މަސައްކަތަކީ ގައްދޫ އަށާއި އަދި އެ ސަރަހައްދުގެ ތަރައްގީ އަށް ވެސް ވަރަށް މުހިއްމު ކަމެއް ކަމަށެވެ.
"އެހެންވީމާ، ކެމްޕެއިން ތެރޭގައިވެސް އަޅުގަނޑު އެކަމަށް ވައުދުވިން. އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތްތައް ކޮށްދީ، އަދި އެ އެއާޕޯޓާ މި ރަށާ އެއްގަމުން ގުޅާލަދޭނެ ވާހަކަ ދަންނަވަން. އެކަން ކުރުމަށްޓަކައި ބަޖެޓުން ޖާގަ ހޯދަން ޖެހޭތީ ވަގުތުކޮޅެއް ނަގާފާނެ. އެހެން ނަމަވެސް، އެ އިންތިޒާރަށް ނިމުމެއް ގެނެސްދޭނަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ގައްދޫ އަށް ކުރަން ހުރި އިތުރު ކަންކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު، ބަޖެޓުގައި މި އަހަރު ހިމެނިފައި ނެތުމުން، އެކަން ފެށުމަށްޓަކައި މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ބިން ހިއްކުމަކީ، އެރަށުގެ ތަރައްގީއަށްޓަކައި، ގެދޮރު ބިނާކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ، އެކަމަށް ހަގީގީ ސިފަ ސަރުކާރުން ގެނެސްދޭނެ ކަމަށެވެ.
"އެހެންވީމާ، ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަން. އެކަން ކުރެވޭނީ، ބަޖެޓުގެ ތެރެއިން ޖާގަ ހޯދައިގެން ކަމުގައިވާތީ، ވީހާވެސް އަވަހަކަށް ބިން ހިއްކުމުގެ މަޝްރޫއުއެއް ކުރިއަށް ގެންގޮސްދޭނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން