ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ އިން މިއަދު ބުނީ މ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް މޫސުން ގޯސް ވާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
މެޓު އޮފީހުން އެލާޓު ނެރެފައި ވަނީ 18:55 އިން ފެށިގެން 22:30 އަށެވެ.
އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދު ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ. އެ އިދާރާ އިން ބުނީ ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވެސް ލަފާ ކުރެވޭ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ