މިއަހަރުގެ ބަޖެޓުގައި ހިމެނިފައި ހުރި ކަމެއްވިއްޔާ ކޮންމެ ރަށެއްގައި ވެސް އެ މަސައްކަތްތައް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ގއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅު ކޮނޑޭ އަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށްރަށުގައި ކުރަންހުރި ބައެއް ކަންކަން މިއަހަރުގެ ބަޖެޓުގައި ވެސް އެބަހުރި ކަމަށެވެ. އެހެންނަމަވެސް ބަޖެޓުގައި ހުރި އެފަދަ ކަންކަމަށް އަދަދުތައް ހުރީ ވަރަށް ކުޑަ މިންވަރަކަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"ބަޖެޓުގެ ތެރެއިން މަސައްކަތްތައް ތަރުތީބު ކުރެވޭ ގޮތަށް ތަރުތީބު ކޮށްގެން، މީގެތެރެއިން ގިނަ ކަންކަން މި އަހަރު އަޅުގަނޑުމެން ފަށާނަން. އަދި ބަޖެޓުން ޖާގަ ނުލިބޭ ކަންކަމުގައި، އެކަމުގައި އޮންނަ އުސޫލުތަކުގެ ތެރެއިން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެންމެ މުހިންމު ކަންކަމަށް އެންމެ އިސްކަންދޭނެ ކަމަށެވެ. ހަމައެއާއެކު ދެމެހެއްޓެނެވި ތަރައްގީގެ އިތުރުން ބޮޑެތި މަޝްރޫއުތަކަށް ވެސް އިސްކަން ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
"އެހެންވީމާ، ތިޔަބޭފުޅުން އެންމެ އުންމީދު ކުރައްވާ އެންމެ ބޮޑެތި މަޝްރޫއުތަކުން ގޮސް އެންމެ ކުދިކުދި މަޝްރޫއުތައް ހިމެނޭ ގޮތަށް، ހުރިހާ ކަމަކަށް އަޅުގަނޑު ބަލާނަން، ސަރުކާރުގެ ތެރެއިން ކަންކަން ފަހިކޮށްދެވޭތޯ. އަދި ފަހިކޮށް، އެކަންކަން އިރާދަކުރެއްވިއްޔާ ކޮށްދޭނެ ވާހަކަ ދަންނަވަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ