ސަރުކާރުން ކުރިޔަށް ގެންދާ ބޯހިޔަވާހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލާ ފަރާތްތަކަށް ހާއްސަކޮށް ޕޯޓަލެއް ތައާރަފުކޮށްފިއެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ މަޝްރޫއު އަށް ހާއްސަ ޕޯޓަލެއް ގާއިމްކުރިއެވެ. އެއީ "ގެދޮރުވެރިޔާ" ނަމުގައި ހަދާފައިވާ ޕޯޓަލެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި ދޫކުރި ފްލެޓާއި ބިންތަކަށް ހުށަހަޅާފައި ވަނީ އެ ޕޯޓަލް މެދުވެރިކޮށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގައި ރިޔާސީ ވައުދެއްގެ ގޮތުގައި ހިމަނާފައިވާ ބޯހިޔާވަހިކަމުގެ އެ ޕޯޓަލް އަށް ދީފައިވާ ނަމަކީ "ހިޔާވަހި" އެވެ.
އެ ޕޯޓަލް އަށް އީފާސް މެދުވެރިކޮށް ވަދެވޭނެއެވެ. މީގެފަހުން ބޯހިޔާވަހިކަމުގެ ހުރިހާ މަޝްރޫއު އަކަށް ކުރިމަތިލާން ޖެހޭނީ އެ ޕޯޓަލް މެދުވެރިކޮށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ