ޝަރުއީ ދާއިރާ އިން ނިންމާ ކޮންމެ ކަމަކަށް ސަރުކާރުން އިހްތިރާމުް ކުރާނެ ކަމަށާއި އެ ދާއިރާގެ އެއްވެސް މަސައްކަތަކަށް ސަރުކާރުން އަތް ނުބާނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އާއްމު ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެމީހާ ވަނީ ކުރީ ސަރުކާރުން އިއުލާންކުރި ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުށަހެޅުމުން ހައުސިން މިނިސްޓްރީން އޭރު ނިންމީ އޭނާ އަކީ ޝަރުތު ހަމަ ނުވާ މީހެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން އަތުގައި ހުރި ލިޔެކިއުންތަކާއެކު މައްސަލަ ކޯޓަށް ހުށަހެޅުމުން ކޯޓުން އޭނާ އަކީ ޝަރުތު ހަމަވާ މީހެއްގެ ގޮތުގައި ކަނޑައަޅާ ނިންމާފައިވާ ކަމަށެވެ. އަދި އޭނާ އަށް ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ދޭން ހުކުމް ކޮށްފައިވާ ކަމަށް ބުންޏެވެ.
އޭނާ ބުނީ ކޯޓުން އެގޮތަށް ހުކުމް ކުރި ނަމަވެސް މިނިސްޓްރީ ތެރެއިން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށާއި ހައުސިން މިނިސްޓަރާއި ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިގެން އުޅޭތާ ވެސް ދެމަސްވެފައިވާ ކަމަށެވެ.
އެހެންކަމުން އޭނާ ވަނީ ކޯޓުގެ އެ ހުކުމާއެކު ބިންވެރިޔާ ސްކީމުގެ ދަށުން އޭނާ އަށް ގޯތި ލިބޭނެތޯ ނުވަތަ ނޫންތޯ ރައީސްގެ އަރިހުން އެދިފައެވެ.
"ސަރުކާރުން ޝަރުއީ ދާއިރާ އިން ނިންމާ ކަންކަމަށް އިހްތިރާމް އަދާ ކުރާނަން. ޝަރުއީ ދާއިރާއަކަށް ސަރުކާރުން ނުބެހޭނެ ނުފޫޒެއް ނުފޯރުވާނެ. ޝަރުއީ ދާއިރާ އިން ނިންމާ ކަމެއް އެއީ ރައްޔިތުންގެ ހައްގާ ގުޅިފައިވާ ކަމެއް ކަމަށް ވެއްޖިއްޔާ އެކަން އަވަސް ކޮށްދޭން މަސައްކަތް ކުރާނެ،" އޭނާގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ސަރުކާރުގެ ތެރެއިން ކުރިމަތިވި ލަސްތަކަށް މައާފަށް ވެސް އެދިވަޑައިގެންފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ