ކޮންމެ ސިޔާސީ ޕާޓީއެއްގައި އުޅުނަސް ނުވަތަ ނޫޅުނަސް އެއީ މުހިއްމު ކަމެއް ނޫން ކަމަށާއި އެމަނިކުފާނުގެ ކުރިފުޅުމަތީގައި މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ބައެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުން ބޭނުންވާ ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދާ އާއްމު ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ ހިދުމަތް ދިނުމުގައި އެމަނިކުފާނު ވަކި ޕާޓީއަކަށް ނުބަލާނެ ކަމަށެވެ. އެމަނިކުފާނުގެ ކުރިފުޅުމަތީގައި ކޮންމެ ޕާޓީއެއްގެ މީހަކު ނަމަވެސް ހުރިހާ ރައްޔިތުންނަކީ ވެސް ހަމަހަމަ ވާނެ ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.
"އެއްވެސް ވަރަކަށް ޕާޓީ އެލައިންމަންޓެއް އަޅުގަނޑު ނުގެންގުޅޭނަން. އަޅުގަނޑު ކުރިމަތީގައި ތިހުރިހާ ރައްޔިތުން ވެސް މިތާ ނެތް [ފޯރަމްގައި] ރައްޔިތުން ވެސް މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ހަމަހަމަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
އާއްމު ފަރާތުން ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓަށް އެދި ކުރިމަތިލުމުން 92 ޕޮއިންޓު ލިބުނު ކަމަށާއި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިމާރާތް ކުރި ފްލެޓުތަކަށް ކުރިމަތިލާން ހުޅުވާލުމުން ފްލެޓަށް ހުށަހެޅި ކަމަށާއި މިފަހަރު 88 ޕޮއިންޓު ލިބުނު ކަމަށެވެ. ނަމަވެސް ފްލެޓާ ގުޅޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް ބުންޏެވެ.
ރައީސް ވިދާޅުވީ ދިވެހި ސަރުކާރުން އެއްވެސް ރައްޔިތަކާއި އެކު އެގްރީމަންޓެއްގައި ސޮއިކޮށްފި ނަމަ އެކަމަކަށް އެމަނިކުފާނު ހައްލު ގެނެސް ދެއްވާނެ ކަަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ