މިއަދު ރާއްޖެ އިން ފެނިގެން ދަނީ ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވިފައިވާ މަންޒަރު ކަމަށާއި މިއީ ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ފެނިފައި ނުވާ މަންޒަރެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ގޮތުން ބޭއްވި ޖަލްސާގައި ސައީދު ވިދާޅުވީ ރައްޔިތުން ހިޔާލުތައް ހޯދާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ގާތުން އަޑު އެއްސެވި ވެރިއެއް ރައީސް މުއިއްޒު ނޫނީ ނެތް ކަމަށެވެ. އެ ވާހަކަ މާނަ ނަގާ ބޭފުޅުން ކޮންމެ ގޮތަކަށް މާނަ ނެގި ކަމުގައިވީ ނަމަވެސް އެއީ ހަގީގަތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހި ރާއްޖޭ އޮތީ "ފުންކަނޑުގެ ތެރެއަށް ގެނބިފައި" ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ރާއްޖެ "ގެނބިފައި" އޮތީ އެއްވެސް މިސްރާބެއް އަމާޒެއް ފެންނަން ނެތް ގޮތަށް ކަމަށެވެ.
"އެއްވެސް ކަހަލަ ޖީޕީއެސް އަކުންވެސް އަދި ސަމުގާ އަކުންވެސް ނުފެންނާނެ ވަރަށް ރާއްޖެ އޮތީ ދަރުވާފައި ދަރާފައި އަދި ރާއްޖެ އޮތީ އަޑީގައި،" ސައީދު ވިދާޅުވިއެވެ.
މި ހާލަތުގައި ރައީސް މުއިއްޒު އިސްކުރެއްވީ ހިކުމަތްތެރިކަމާއި ކެތްތެރިކަން ކަމަށް ސައީދު ފާހަގަކުރެއްވިއެވެ. ރާއްޖެ ސަލާމަތްވީ އެކަމުގެ ސަބަބުން ކަމަށާއި އެ ފިޔަވަޅުތައް ރައީސް ނޭޅުއްވި ނަމަ ފެބްރުއަރީ މަސް ނިމެންވާއިރަށް ރާއްޖެ އޮންނާނީ އަތު ނުޖެހޭ ހިސާބެއްގައި ކަމަށް ސައީދު ވިދާޅުވިއެވެ.
"ރާއްޖޭގައި އަސާސީ އެއްވެސް ހިދުމަތެއް ނުދެވޭ ވަރަށް މި ރާއްޖެ އޮންނާނީ ފެތިފައި،" އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ ރައީސް ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިސްވެރިން ރައީސް މުއިއްޒަށް އެތައް ފަހަރަކު ޝުކުރު އަދާކުރެއްވި ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ