އަދުގެ ސަރުކާރަށް އުޅެނީ ވެރިކަމަށް އައުމަށްޓަކައި ރައްޔިތުން ގާތުގައި ހެދި ދޮގުތަކުން ސަލާމަތް ނުވެވިގެން ކަމަށް އެމްޑީޕީގެ ރައީސް ޝާާހިދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ތޮއްޑޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް ހުސެން ސަމީރުގެ ކެމްޕޭން ލޯންޗްކުރުމަށް ކެމްޕޭން ޓީމާއެކު އއ އުކުޅަހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގައި އެމްޑީޕީ އޮތަސް އަދި އިދިކޮޅުގައި އޮތް ނަމަވެސް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބެން ވާނީ އެޕާޓީ އަށް ކަމަށެވެ.
އެމްޑީޕީ އަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ލިބެން ޖެހޭކަން ފާއިތުވެދިޔަ އަހަރުތަކުގައި އެޕާޓީން ދައްކުވައި ދީފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ހިނގަމުން މިދާ މަޖިލީހުގެ ދައުރުގައި އެމްޑީޕީން ވެރިކަމުގައި އޮވެމެ، ޒިންމާދާރުކަމާއެކު މަޖިލިސް ކުރިޔަށް ގެންގޮސްފައިވާ ކަމަށް މަޖިލީހުގެ ކުރީގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ ވެރިކަމަށް އައީ ރާއްޖޭގައި އެތައް ހާސް ބޭރުގެ ސިފައިންނެއް ތިބި ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށް ވިދާޅުވެ، ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އޭރުގެ ސަރުކާރަށް މިހާރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ރިޔާސީ އިންތިހާބުގައި އެތަކެއް ދޮގު ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.
އެގޮތުން ސަރުކާރުން ހަދާފައިވާ އެތައް އެގްރީމަންޓުތަކެއް ސިއްރު ކޮށްގެން ގެންގުޅޭ ކަމަށް ބުނެ ތުހުމަތު ކުރި ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ދޮގު މައްޗަށް ދޮގު ހަދަމުން އައީމާ ދޮގުން ސަލާމަތް ނުވެވިގެން އެ އުޅެނީ،" ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރު ކަމުގައި ހުންނެވި ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ވެރިކަމުގައި ތިއްބެވީ އެ ހުރިހާ ތުހުމަތުތަކެއް އެމްޑީޕީ ސަރުކާރާއި އެ ސަރުކާރުގެ އިސްވެރިންގެ އިސްތަށިފުޅުގައި އެޅުއްވި ބޭފުޅުން ކަމަށެވެ. އެ ދުވަހު ރައްޔިތުން ގާތުގައި ބުނި އެގްރީމަންޓުތައް މިއަދުވެސް ސަރުކާރުގައި ހުންނާނެ ކަމަށާއި އެހެންކަމުން އެ އެގްރީމަންޓުތައް ރައްޔިތުންނާއި ހަމައަށް ގެނެސް ދިނުމަށް ޝާހިދު ގޮވާލެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ