އިދިކޮޅު އެމްޑީޕީން ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް ބާއްވާ ޖަލްސާ މާދަމާ ރޭ ބާއްވާ ގޮތަށް ނިންމައިފިއެވެ.
އެމްޑީޕީން މަޖިލިސް އިންތިހާބުގެ ޝިއާރެއްގެ ގޮތުގައި ބޭނުން ކުރަނީ "މިސްރާބު ހަމަ މަގަށް" މިއެވެ. އެޕާޓީން ބުނީ ކެމްޕެއިން ލޯންޗު ކުރުން އޮންނާނީ މާދަމާ ރޭ 20:30ގައި އާޓިފިޝަލް ބީޗުގައި ކަމަށެވެ.
މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން ނިލަންދޫ އަދި އޭދަފުށީ ދާއިރާ ފިޔަވައި އެހެން ހުރިހާ ދާއިރާއަކަށް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކުރިމަތިލައިފަ އެވެ. އެއް ކެންޑިޑޭޓަށް ވުރެ ގިނަވުމުން އޭގެ ތެރެއިން ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާގަ އެވެ.
އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މީގެކުރިން ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުވާނެ ބަޔަކު މަޖިލީހުގައި ނެތްނަމަ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ނިމިދިޔަ ފަސް އަހަރު އެ ޕާޓީން ވެރިކަން ކުރީ ކޮވިޑްގެ ސަބަބުން ކުރިމަތިވި މާލީ ދަތިތަކުގެ ތެރޭގައި ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ފެނުނީ ރާއްޖެއާ އެންމެ ގާތް ގުޅުން ބާއްވާ ގައުމަށް ޒާތީގޮތުން ޖައްސާލި ތަން ކަމަށާއި އެ ސަބަބުތަކާ ހެދި މި ސަރުކާރުގެ މާލީ ހާލަތާ މެދު ވަރަށް ކަންބޮޑުވާކަން ފާހަގަ ކުރެއްވި އެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި