ރާއްޖޭގެ ދެކުނުގެ ރަށްތަކުގައި މަސްވެރިކަން ކުރާ ދޯނިފަހަރުތަކުގެ ގިނަ އަދަދެއްގެ ފަޅުވެރިން ރެސްކިއު ޑައިވް ޕްރޮގްރާމު ފުރިހަމަކޮށްފިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންނެވި ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ. ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ މަސްވެރި ކަމުގެ ސިޔާސަތު ތަންފީޒު ކުރުމަށް އެ މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގައި ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރު ފެންވަރަށް ތަމްރީނު ކުރުމަށް އެ މިނިސްޓްރީން ހިންގާ ޕްރޮގްރާމުގެ އެހީގައި ދެކުނުގެ 56 ދޯންޏަކުން 56 ފަޅުވެރިއަކު ރެސްކިއު ޑައިވް ކޯސް ފުރިހަމަކޮށްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމް ފަށާފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 19ވަނަ ދުވަހުއެވެ.
ޑައިވް ޕްރޮގްރާމްގައި ބައިވެރިވާ ރަށްތަކާއި ފަޅުވެރިންގެ އަދަދު:
- ގދ. މަޑަވެލި 9
- ގއ. ކޮލަމާފުށި 5
- ގއ. ވިލިނގިލި 14
- ގއ. ދެއްވަދޫ 7
- ގއ. ނިލަންދޫ 4
- ގއ. ދާންދޫ 7
- ސ. މަރަދޫ 11
އެ ޕްރޮގްރާމުގެ ތެރެއިން އޯޕަން ވޯޓާ ޑައިވިން، އެޑްވާންސް ލެވެލް އަދި ފަސްޓް އެއިޑްގެ ކަންކަން ކިޔަވައިދީ، ތަމްރީނު ކުރުމަށް ހަމަޖެހިފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ