މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) ބޯޓެއްގެ މައްސަލާގައި އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެ ބޯޓަކީ އޭނާގެ ބޯޓެއް ކަމަށް ނުނިންމޭނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކައިޒީން ވަނީ ބޯޓެއްގެ މިލްކުވެރިކަމާ ގުޅިގެން އޭނާގެ ބައްޕައާ ދެކޮޅަށް ސިވިލް ކޯޓުގައި 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ދައުވާކޮށްފައެވެ.
ކައިޒީން ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ އޭނާ ބޯޓެއް ގަންނަން އޭނާގެ ބައްޕަ އިބްރާހީމް އަލިފުޅަށް 3.6 މިލިއަން ރުފިޔާ ހަވާލުކުރި ކަމަށެވެ. ނަމަވެސް ކައިޒީންގެ ރުހުމަކާ ނުލައި އެ ބޯޓު ރަޖިސްޓްރީ ކޮށްފައި ވަނީ އިބްރާހީމްގެ ނަމުގައި ކަމަށާއި އެ ރަޖިސްޓްރީ އޭނާގެ ނަމަށް ބަދަލުކުރުމަށް އެދޭ ކަމަށެވެ.
ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ވަނީ، ހެކީންގެ ހެކިބަހަށް ބަލާއިރު އެ 3.6 މިލިއަން ރުފިޔާ ކައިޒީން އޭނާގެ ބައްޕައަށް ދިން ގޮތާއި އަދަދުގައި ފުށުއެރުންތަކެއް އެބަހުރި ކަމަށެވެ. އަދި ހެކީންގެ ހެކިބަހަށް ބަލާއިރު އެ ބޯޓަކީ 3.6 މިލިއަން ރުފިޔާ ކައިޒީން އޭނާގެ ބައްޕައަށް ދީގެން ގަނެފައިވާ ބޯޓެއްކަން ވެސް ސާބިތު ނުވާކަމަށް އެ ހުކުމުގައި ވެއެވެ.
އެހެންކަމުން އެ ބޯޓުގެ މިލްކުވެރި ފަރާތަކީ ކައިޒީންކަމަށް ކަނޑައަޅައިދެވެން ނެތް ކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
އެ މައްސަލައިގައި، ބޯޓުގެ ރަޖިސްޓްރޭޝަނާ ބެހޭ ގޮތުން ކޯޓުން ގޮތް ނިންމަންދެން ރަޖިސްޓްރީ ބަދަލުނުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ މައްޗަށް މީގެ ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ