ރާއްޖެ އަށް އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6،852 ފަތުރުވެރިން ޒިޔާރަތް ކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް އިން އާއްމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 356,323 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު 15 ޕަސެންޓުގެ ކުރި އެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 307,348 ފަތުރުވެރިންނެވެ.
އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހަކުވެސް 6،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކުރާއިރު ހަފްތާއެއްހާ ދުވަހު ރާއްޖެ އަންނަ ފަތުރުވެރިން ޗުއްޓީ ހޭދަ ކުރުމަށް މަޑު ކުރެއެވެ.
ރާއްޖެ އަށް މިއަހަރު އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިންނެވެ. މިހާތަނަށް އެގައުމުން 50,481 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު މިއީ މުޅި ފަތުރުވެރިކަމުގެ މާކެޓުގެ 14.2 ޕަސެންޓެވެ. ދެވަނާގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނާގައި އޮތީ އިނގިރޭސިވިލާތެވެ.
މިދިޔަ އަހަރު އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އަވައްޓެރި އިންޑިއާ މިއަހަރު އުޅެނީ ރާއްޖޭގެ ޓޫރިޒަމް މާކެޓުގައި ފަސް ވަނާގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ